...

މ. މަޑުއްވަރީގައި މަސައްކަތް ކުރާ ދައުލަތުގެ މުވައްޒަފުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މ. މަޑުއްވަރީގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ މުއައްސަސާ ތަކުގެ މުވައްޒަފުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2019 ސެޕްޓެންބަރު 10 ވީ އަންގާރަ ދުވަހު މ. މަޑުއްވަރީ ސްކޫލްގައެވެ.2 ގަޑި އިރާއި 30 މިނިޓަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މަސައްކަތުގެ މާހައުލުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، މުވައްޒަފުންގެ ސުލޫކާ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާ، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި އެކި މުއައްސަސާތަކުން ޖުމްލަ 17 މުއައްޒަފުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދެއްވާފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.