...

މ. މަޑުއްވަރީ ސްކޫލުގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާގުޅޭ ވާހަކަ ކިޔައިދިނުމުގެ ހަރަކާތެއް ހިންގައިފި

މ.މަޑުއްވަރީ ސްކޫލުގެ ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާގުޅޭ ވާހަކަ ކިޔައިދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިޔަށްގެންގޮސްފައިވަނީ 2019 ސެޕްޓެންބަރު 11 ވީ ބުދަ ދުވަހު މ. މަޑުއްވަރީ ސްކޫލުގައެވެ. 30 މިނިޓަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާއި ގުޅޭ ޢިބްރަތްތެރި ވާހަކަ ދަރިވަރުންނަށް ކިޔައިދެވުނެވެ. މި ސެޝަންގައި ޖުމްލަ 11 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ހަރަކާތް ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފެކެވެ.