...

މ. މުލަކު ސްކޫލްގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ 'ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު' ގެ ނަމުގައި އޭސީސީން ކުރިއަށް ގެންދާ ޕްރޮގްރާމު، މ.މުލަކު ސްކޫލްގެ ބެލެނިވެރިންނަށް ކުރިޔަށް ގެންގޮސްފިއެވެ. 2019 ސެޕްޓެންބަރު 11 ވީ ބުދަ ދުވަހު މުލަކު ސްކޫލުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ، ކޮރަޕްޝަންގެ ޢަމަލުތަކުގެ ގެއްލުމާ، ދަރިވަރުންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ބެލެނިވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. މ.މުލަކު ސްކޫލްގެ ޖުމްލަ 33 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.