އަލްއުސްތާޛް އާދަމް ޝާމިލް
ރައީސް - މަޤާމަށް ޢައްޔަނުކުރެވުނީ 17 މާރިޗް 2022
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުކަމަށް އަލްއުސްތާޛު އާދަމް ޝާމިލް، އައްޔަން ކުރެއްވީ 17 މާރިޗު 2022 ގައެވެ. ހަމަ މި ދުވަހުގައި ކޮމިޝަނުގެ ރައީސްކަމަށް އާދަމް ޝާމިލް ޢައްޔަންކުރެއްވިއެވެ.
އަލްއުސްތާޛު އާދަމް ޝާމިލް ކޮމިޝަނުގެ ރައީސް ގެ މަޤާމަށް އައްޔަންކުރުމުގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަފާތު މަޤާމުތައް އަދާކޮށްފައިވެއެވެ. މިގޮތުން އާދަމް ޝާމިލް މަސައްކަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި ކޮރަޕްޝަންގެ ހިރާސް ދެނެގަތުމާ ގުޅޭ ދިރާސާތައް ކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރިކުރުވުމާ ގުޅޭ ކޮންޓެންޓްސް އަދި މެޓީރިއަލްސް އުފެއްދުމުގެ އިތުރުން އެންޓި-ކޮރަޕްޝަން ޕޮލިސީ އެކުލަވާލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އާދަމް ޝާމިލް ވަނީ މި ކޮމިޝަނުގެ ލީގަލް އަދި އިންވެސްޓިގޭޝަން ދާއިރާ ގައިވެސް މަސައްކަތްކޮށްފައެވެ. އަލްއުސްތާޛު އާދަމް ޝާމިލް ވަނީ ޤާނޫނީ ވަކީލު ކަމުގެ ދާއިރާއިން އޮނާރސް ޑިގްރީ (އެލްއެލްބީ) އަދި މާސްޓާސްޑިގްރީ (އެލްއެލްއެމް) ޙާސިލްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ޝަރީޢަތާއި ޤާނޫނާއި ގުޅޭ ކޯސްތަކުގައި ވިޒިޓިންގ ލެކްޗަރާއެއްގެ ގޮތުގައި ކިޔަވައިދެއްވާފައެވެ.
މީގެ އިތުރުން އަލްއުސްތާޛު އާދަމް ޝާމިލް އަދާކޮށްފައިވާ މަޤާމުތަކުގެ ތެރޭގައި ޔޫ.އެން.އޯ.ޑީ.ސީ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ނޭޝަނަލް އެންޓިކޮރަޕްޝަން ކޮންސަލްޓެންޓް ގެ މާޤާމާއި، އީޔޫގެ ޖަސްޓިސް އެންޑް އެންޓި-ކޮރަޕްޝަންގެ ޕްރޮޖެކްޓުގައި ލީގަލް ކޮންސަލްޓެންޓެއްގެ ގޮތުގައިވެސް އަލްއުސްތާޛު އާދަމް ޝާމިލް މަސައްކަތްކުރައްވާފައިވެއެވެ. މީގެ އިތުރުން ޔުނައިޓެޑް ނޭޝަން ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫ.އެން.ސީ.އޭ.ސީ) ގެ ރިވިއު މެކޭނިޒަމްގެ ދެވަނަ ސައިކަލްގައި ރާއްޖޭގެ އެކްސްޕާޓް ގްރޫޕުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.
އަލްއުސްތާޛު އާދަމް ޝާމިލް ފުރުއްވައިފައިވާ އިތުރު ބައެއް މަޤާމުތަކުގެ ތެރޭގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް އުފެއްދުމާއި އެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑުގެ މަޤާމު އަދާކުރެއްވުން ހިމެނެއެވެ.
މާލީ ބަޔާންތައް