...

މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ ގްރޭޑް 12 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 24 ޖަނަވަރީ 2019 ވީ ބުރާސްފަތި ދުވަހު މެޕްސް އިންޓަރނޭޝަނަލް ހައި ސްކޫލުގެ ސެމިނަރ ރޫމް ގައެވެ. 2 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ރަނގަޅު ގޮތް އިޚްތިޔާރުކުރުމަށް ބޭނުންކުރެވިދާނޭ 5'އެތިކަލް އެޕްރޯޗް' ގެ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި ޖުމްލަ 29 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.