ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ހުށަހަޅާނެ ވަގުތު

ކޮރަޕްޝަނުގެ ޢަމަލެއް ހިންގާ ކަމުގެ ޝައްކުކުރެވި ތުހުމަތުކުރެވޭނަމަ ލަސްނުކޮށް އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގަންވާނެއެވެ. މި ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިދާނެ މައްސަލަތަކުގެ ބައިގައި ފާހަގަކޮށްފައި އެވާ ކަންކަމުގެ ތެރެއިން ކަމެއް ހިނގާކަމަށް  ނުވަތަ ހިންގަން އުޅޭކަމަށް ނުވަތަ ހިނގައިފި ކަމަށް ޝައްކުކުރެވޭ ހިސާބަކީ،  އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅަންވީ ވަގުތެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅޭނެ މުއްދަތަކީ ކޮބާ؟

ޤާނޫނު ނަންބަރު 2015/6 (ޤާނޫނު ނަންބަރު 2014/9 އަށް 1 ވަނަ އިސްލާޙުގެނެއުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާއިން، ޤާނޫނު ނަންބަރު 2014/9 ގެ 61 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރު އިސްލާޙުކުރުމާ ގުޅިގެން، އެ ޤާނޫނުގެ 510 ވަނަ ބާބުގައިވާ ކުށްތަކަށް ދަޢުވާކުރުމަށް ކަނޑައަޅިފައިވާ މުއްދަތު އުވާލާފައިވާތީ، ޤާނޫނު ނަންބަރު 2000/2 އަށް ޢަމަލުކުރަން ފެށި ތާރީޚް ކަމުގައިވާ 31 އޮގަސްޓް 2000 ގެ ފަހުން ހިންގާފައިވާ ކޮރަޕްޝަންގެ އެންމެހާ ކުށްތަކަށް ދަޢުވާކުރެވޭނެއެވެ. އެހެންކަމުން 31 އޮގަސްޓް 2000 ގެ ފަހުން ހިންގާފައިވާ ކޮރަޕްޝަންގެ ކުށްތައް ތަޙުޤީޤުކުރުމަށް މިކޮމިޝަނަށް ހުށަހެޅިދާނެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×