ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ކޮރަޕްޝަންގެ ޢަމަލުތައް ހުށަހަޅާނެގޮތް

ެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނީ ކޮން މައްސަލަތަކެއް؟

އެންޓި- ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅުންހުރި މައްސަލަތަކެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅިދާނެ  މައްސަލަތަކަކީ ކޮބާ؟

ރިޝްވަތުހިފުމާއި ރިޝްވަތު ދިނުމުގެ މައްސަލަތައް : –

 • ސަރުކާރުން ކުރާ ކަމަކާއި ގުޅިގެން ރިޝްވަތު ދިނުމާއި ހިފުމުގެ މައްސަލަތައް
 • ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރިޝްވަތު ހިފުމާއި ދިނުމުގެ މައްސަލަތައް
 • ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ ޤާޟީއަކު ނުވަތަ މެޖިސްޓްރޭޓަކު، ނުވަތަ ނިޔާކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ފަރާތަކުން ރިޝްވަތު ހިފުން ނުވަތަ ދިނުން
 • އަމިއްލަ ފަރާތަކުން ނުވަތަ ސަރުކާރާ ބައިވެރިވާ ފަރާތަކުން ރިޝްވަތު ދިނުމާއި ހިފުމުގެ މައްސަލަތައް

ސަރުކާރުގެ މުވައްޒަފުން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް : –

 • ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފަކު، އޭނާ ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ތަނަކުން ކުރާކަމަކުން ނުވަތަ ކުރާކަމަކާ ގުޅިގެން ނުވަތަ އެ މުވައްޒަފެއްގެ ވަޒީފާ ބޭނުންކޮށްގެން ނުވަތަ އެ މުވައްޒަފެއްގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ހޯދައިދިނުމުގެ މައްސަލަތައް

ރައްޔިތުންނަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލުކުރުމުގެ މައްސަލަތައް :-

 • ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގައި، އެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭގޮތަކަށް ކަންކުރުމުގެ މައްސަލަތައް
 • ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގައި، އެ ފައިދާއަށް އެއްވެސް އުނިކަމެއް ލިބޭގޮތަށް ކަންކުރުމުގެ މައްސަލަ
 • ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް އެއްވެސް ކަމެއްގައި، އެ ފައިދާއެއް ނުވަތަ އެ ފައިދާއިން ބައެއް އެ މުވައްޒަފަކަށް ނުވަތަ އެ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކަށް ލިބޭގޮތަށް ކަންކުރުމުގެ މައްސަލަތައް

އަމިއްލަ ފައިދާއަށް ސަރުކާރުގެ ތަކެތި ބޭނުންކުރުމުގެ މައްސަލަތައް: –

 • ސަރުކާރުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތެއްގެ އަމިއްލަ ފައިދާއަށް، ސަރުކާރުގެ ގަވާއިދާ ޚިލާފަށް  ބޭނުންކުރުމުގެ މައްސަލަތައް
 • ސަރުކާރުގެ އެއްވެސް އެއްޗެއް އެއްވެސް ފަރާތަކުން އާމްދަނީއެއް ލިބޭނެހެން، ސަރުކާރުގެ ގަވާއިދާ ޚިލާފަށް ބޭނުންކުރުމުގެ މައްސަލަތައް
 • ރަސްމީ ގަޑީގައި ސަރުކާރުގެ މުވައްޒަފަކު ލައްވައި ސަރުކާރުގެ އެހެން މުވައްޒަފަކު އަމިއްލަ ފައިދާއަކަށްޓަކައި ނުވަތަ އާމްދަނީއެއް ހޯދުމަށްޓަކައި ސަރުކާރުގެ ގަވާއިދާ ޚިލާފަށް މަސައްކަތް ކުރުވުމުގެ މައްސަލަތައް

ސަރުކާރުގެ ޤަވާޢިދާއި ޚިލާފަށް ޚިދުމަތާއި ތަކެތި ހޯދުން :-

ސަރުކާރު މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހަކަށް ނުވަތަ އެމީހެއްގެ ބެލުމުގެ ދަށުން ހިނގާ ތަނަކަށް

 • އެމީހަކުގެ އަމިއްލަ ވިޔަފާރިއަކުން،
 • އެމީހަކު ބައިވެރިވާ ވިޔަފާރިއަކުން،
 • އެމީހަކަށް މަންފާއެއްވާ ގޮތަށް ހިންގާ ތަންތަނުން،

ސަރުކާރުގެ ގަވާއިދާ ޚިލާފަށް

 • އެއްޗެއް ގަތުމާއި،
 • ކުއްޔަށް ހިފުމާއި،
 • ލިބިގަތުމާއި ހޯދުމާއި،
 • މަސައްކަތެއް ކުރުވުމުގެ

މައްސަލަތައް

ދައުލަތުގެ މުވައްޒަފުން އަމިއްލަ އަދި ގުޅުންހުރި ފަރާތަކުން ވިޔަފާރިކުރުމުގެ މައްސަލަތައް :-

 • އުއްތަމަ ފަނޑީޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ ވަޒީރުން އަދި އެ ފެންވަރުގެ އެހެނިހެން ފަރާތްތަކާއި އަދި އޮޑިޓަރ ޖެނެރަލާއި، އަދި ކޮމިޝަނަރ އޮފް އިލެކްޝަނާއި، އަދި ހައިކޯޓުގެ ފަނޑިޔާރުންނާއި އަތޮޅުވެރިންނާއި ނުވަތަ އެއިން މީހެއްގެ އަންބިންނާއި ފިރމީހާއާއި އަދި ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހުންނާއި އެމީހުންގެ އަނބިންނާއި ފިރިމީހާ، ބިދޭސީއަކާއި ބައިވެރިވެގެން އަމިއްލަ ވިޔަފާރި ކުރުމުގެ މައްސަލަތައް
 • ސަރުކާރުން ކަމަކަށް އެދިގެން އުޅޭ ބިދޭސީއަކާ، ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިބެގެން އެކި ކަންކަންކުރާ ނުވަތަ ކުރަން އުޅޭ ބިދޭސީއަކާ ބައިވެރިވެގެން ނުވަތަ ގުޅިގެން އެއިން ކަމަކާބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ އެފަދަ މުވައްޒަފެއްގެ އަންބަކު ނުވަތަ ފިރިމީހާ ވިޔަފާރިއެއް ކުރުމުގެ މައްސަލަތައް
 • ސަރުކާރުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން ނުވަތަ ސަރުކާރާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން އެކަމާ ބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އަންބަކު ނުވަތަ ފިރިއަކު އެއްވެސް ބާވަތެއްގެ އަމިއްލަ ކަމެއް ކޮށްދިނުމަށް އެދުމާއި ނުވަތަ އެފަދަ މީހަކު ލައްވާ އަމިއްލަ ކަމެއް ކުރުވުމުގެ މައްސަލަތައް

ސަރުކާރުން ކަމަކަށް އެދިގެން އުޅޭ ފަރާތަކުން ހަދިޔާ ގަބޫލުކުރުމުގެ މައްސަލަތައް:-

ސަރުކާރުގެ  ނުވަތަ ސަރުކާރު ބައިވެރިވާ ފަރާތެއްގެ މުވައްޒަފުން ހިންގާ ރިޝްވަތުގެ ޢަމަލުގެ ޢަމަލުކަމުގައި ބަލަނީ ކޮންކޮން ކަންކަމެއް؟

ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތުން، ކުރާ ނުވަތަ ކުރަން ގަސްތުކުރާ ކަންކަމާއި ނުވަތަ ކުރާ މުޢާމަލާތަކާއި ގުޅޭގޮތުން އަންނަނިވި ކަންކަންކުރުމަށް

 • އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށް،
 • ނުވަތަ ވަކި ފަރާތަކަށް ބުރައެއް ޖެއްސުމަށް،
 • ނުވަތަ އުނދަގުލެއް ކުރުމަށް،
 • ނުވަތަ އެއްވެސް ބާވަތެއްގެ ގެއްލުމެއް ދިނުމަށް،

ނުވަތަ އިސްވެ ދިޔަ ކަންކަން ކުރުމަށް،

 • ޝައުޤުވެރިކުރުމަށްޓަކައި
 • ނުވަތަ އެއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން
 • ނުވަތަ އެ ނޫން ގޮތަކުން

ރިޝްވަތުދިނުން ނުވަތަ ރިޝްވަތުހިފުމަކީ ކުށްކަމުގައި ކަނޑައަޅާފައިވާ ކަންކަމެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×