އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

އުނގަންނައިދިނުމާއި ހޭލުންތެރިކުރުން

ހޭލުންތެރިކުރުމަކީ ކޮމިޝަންގެ މައިގަނޑު އެއް ސްޓްރެޓެޖީއެވެ. 2015 ވަނަ އަހަރު ކޮމިޝަންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން 1 މާރިޗު 2015 ގައި އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓުގެ ނަމުގައި ޔުނިޓެއް ކަނޑައަޅައިފައިވެއެވެ. މި ޔުނިޓްގެ މައިގަނޑު މަސައްކަތްތަކަކީ:

  • ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތާލުމަށްޓަކައި ހިންގަންޖެހޭ ހޭލުންތެރި ކުރުމުގެ ޙަރަކާތްތައް ރާވާ އިންތިޒާމްކޮށް ހިންގުން
  • ދިވެހިރައްޔިތުންނަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ، ހޭލުންތެރި ބަޔަކަށް ހެދުމަށް ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން ޙަރަކާތްތައް ރާވާ ހިންގުން
  • ބައިނަލްއަޤުވާމީ އެންޓި-ކޮރަޕްޝަން ދުވަހާއި ރާއްޖޭގައި ފާހަގަ ކުރާ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަ ކުރުމަށް ތަފާތު ޙަރަކާތްތައް ފުޅާދާއިރާއެއްގައި ހިންގުން
  • މީޑިއާ މެދުވެރިކޮށް ކޮރަޕްޝަނާ ދެކޮޅަށް ޢާއްމުން ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުން
  • ނަޒާހަތްތެރިކަން އާލާކުރުމަށް މަސައްކަތްކޮށް އެފަދަ މަސައްކަތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ނަޒާހަތްތެރިކަމުގެ އިނާމް ދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުމާއި ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދަކީ ޢާއްމުންނަށް އެނގޭ، ގިނަ ބަޔަކު ސޮއިކޮށްފައިވާ ވަޢުދަކަށް ހެދުން
  • ކޮމިޝަނުން ބޭނުންވާ ގްރެފިކްސް އަދި ލޭއައުޓް މަސައްކަތްކުރުމާއި ޙަރަކާތްތަކުގެ ފޮޓޯ އަދި ވީޑިއޯ ނަގާ، އާކައިވް ކުރުމުގެ މަސައްކަތްކުރުން


އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×