ނަޒާހަތްތެރިކަމުގެ ވަޢުދު | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ނަޒާހަތްތެރިކަމުގެ ވަޢުދު

މިއީ ނަޒާހަތްތެރިކަން ކުރިއަރުވާ ނަޒަހަތްތެރިވުމަށް ބާރުއެޅުމުގެ ގޮތުން އާންމު ފަރުދުންނަށާއި ދައުލަތުގެ މުވައްޒަފުންނަށް ޚާއްސަކުރެވިގެން ހެދިފައިވާ ވަޢުދެކެވެ. މިވަޢުދުގެ ބޭނުމަކީ އާންމު ރައްޔިތުން ނަޒާހަތްތެރިވުމަށް ބާރުއަޅާ، ދައުލަތުންދޭ ޚިދުމަތްތައް އިންސާފުވެރިކަމާ ހާމަކަމާއެކު ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމާއި، ދައުލަތުގެ މާލިއްޔަތުން ކުރާ ޚަރަދުތައް ކޮރަޕްޝަނަށް މަގުފަހިނުވާނެ ގޮތުގެ މަތިން ކުރުމަށް ދައުލަތުގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހޭލުންތެރިކޮށް، ދައުލަތުގެ މުވައްޒަފުންގެ ޢަމަލުތައް އެގޮތުގެ މަތިން ބެހެއްޓުމުގެ ޢަޒުމް އާކުރުމެވެ. މިވަޢުދުގައި ސޮއި ކުރުމަށް ބޭނުންވާ ދައުލަތުގެ އިދާރާތަކަށާއި ކުލަބް ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އަދި އާންމު ފަރުދުންނަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ދައުލަތުގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރު ކުރުމަށް ހިންގާ ނަޒާހަތްތެރިކަމުގެ ޤައުމީ ވަޢުދުގައި ސޮއިކުރުމުގެ ޕްރޮގްރާމަކީ ދައުލަތުގެ އެންމެހާ މުވައްޒަފުންނަށާއި އަދި ދިވެހި އެންމެހާ ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލެވިގެން ކުރިޔަށްގެންދެވޭ ޕްރޮގްރާމެކެވެ. ވަޢުދުގައި ސޮއި ކުރެއްވުމަށް ބޭނުންފުޅު ފަރާތްތަކުން އެކަމަށް އެދިވަޑައިގަތުމުން އެކަން ކޮމިޝަނުން ހަމަޖައްސައިދޭނެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×