ސްކޫލް ދަރިވަރުން ހޭލުންތެރިކުރުވުން

މި ޕްރޮގްރާމަކީ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންގެ ނަޒާހަތްތެރިކަން އިތުރުކޮށް ހަރުދަނާކުރުމުގެ ގޮތުން ކުރިޔަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ ސްކޫލު މާޙައުލުގައާއި ކިޔަވައިދިނުމުގެ ތެރެއިން ނަޒާހަތްތެރިކަން ކުރިއަރުވާ، ނަޒާހަތްތެރިކަން އިސްކުރުމަށް ބާރުއަޅާ، އަދި ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމުގެ ދަށުން ދަރިވަރުން، މުދައްރިސުން އަދި ބެލެނިވެރިންނަށް ވަކިވަކި ވަރކްޝޮޕް ހިންގެއެވެ.
ދަރިވަރުންގެ ވަރކްޝޮޕްގައި ދަރިވަރުންނަށް ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ގެންގުޅޭނެ ރަނގަޅު ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން މަޢުލޫމާތު ދިނުމާއި، ދަރިވަރުންގެ ނަޒާހަތްތެރިކަން އިތުރުކުރުމާއެކު އުނގެނުމުގައި ނަޒާހަތްތެރިވުމަށް ބާރުއަޅައެވެ. މުދައްރިސުންނަށް ކުރިއަށް ގެންދާ ވަރކްޝޮޕްގައި މުދައްރިސުންނާއި ސްކޫލުގެ އެހެނިހެން މުވައްޒަފުންނަށް ސްކޫލު މާހައުލުގައި ނަޒާހަތްތެރިގޮތުގައި މަސައްކަތް ކުރުމަށް ގެންގުޅުމުށް މުހިއްމު މިންގަނޑުތައް ކިޔައިދެވެއެވެ. އަދި ބެލެނިވެރިންގެ ވަރކްޝޮޕްގައި ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި ކުދިން ތަރުބިއްޔަތުކުރުމުގައި ނަޒާހަތްތެރިކަމަށް އިސްކަންދޭނޭ ގޮތްތައް ހުށަހަޅައިދެވެއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމްގެ ދަށުން ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސްކޫލު އެސެމްބްލީގައި މަޢުލޫމާތު ދިނުމުގެ ޙަރަކާތެއް ކުރިއަށް ގެންދެވެއެވެ. މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާ، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއިމެދު ވާހަކަދެކެވެއެވެ. އަދި ދަރިވަރުންގެ އުމުރުފުރާއާ ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް އާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވެއެވެ.

މާލެއާއި އަތޮޅު ތެރޭގައިވެސް ހިންގާ މި ޙަރަކާތްތައް މެދުވެރިކޮށް ގިނަ އަދަދެއްގެ ދަރިވަރުންނަށް މި މަޢުލޫމާތުތައް ވާސިލުވެ، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ބާރަކަށް ވެގެންދެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×