ބިތުފަންގި ރޭޑިއޯ ޕްރޮގްރާމް

ދިވެހިރާއްޖޭގެ އާބާދީގެ ހޭލުންތެރިކަން އިތުރުކުރުމަށް ދިމާވެފައިވާ ހުރަސްތައް ގިރާކޮށް، ދޭން ބޭނުންވާ މަޢުލޫމާތު އާންމުންނާއި ހަމައަށް ވާސިލުވާނޭ ގޮތްތަކުގެ ތެރޭގައި ރޭޑިއޯގެ ވަސީލަތް ހިމެނެއެވެ. ކޮރަޕްޝަންފަދަ ނުރައްކާތެރި، އަޅާނުލާ ނުތިބެވޭނޭ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރަންޖެހޭ ކަމެއެވެ. މި ޕްރޮގްރާމު އެކުލަވާލުމުގެ މައިގަނޑު ބޭނުމަކީ، ޤުދްރަތީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން، އެކި އެކި ހިސާބުގެ އެކި ރަށްރަށުގައި ދިރިއުޅެމުންދާ ދިވެހި އާބާދީތަކަށް ދަތުރުކޮށް، ކޮންމެ ރަށެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ޚަރަދުބޮޑު، ކުރަން މާ ފަސޭހަ ނޫން ކަމަކަށްވުމާއިއެކު، ޒަމާނާ ގުޅޭގޮތުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތަކާ އެންމެ ގުޅޭ ގޮތަށް، ހޭލުންތެރިކަން އިތުރުކުރަން ކުރާ މަސައްކަތްތަކާ، ގޮތްތައްވެސް ބަދަލުކުރުމެވެ.

މި ޙަރަކާތުގެ މައިގަނޑު މަޤްސަދަކީ:

• ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުން
• ކޮރަޕްޝަންގެ ގެއްލުން ހާމަކޮށްދިނުމާއި އެކު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން
• އިންތިޚާބީ ދުވަސްވަރުގައި ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކަށް ހޭލުންތެރިކުރުމާއި ރައްޔިތުންގެ މަންދޫބުން ހޮވުމުގައި ނަޒާހަތްތެރި މީހުން ހޮވުމަށް ބާރުއެޅުން
• ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢެއްގައި ދެވޭ ޚިދުމަތްތަކާއި، އެކުލަވާލެވޭ ސްޓްރެޓެޖީ އަދި ސިޔާސަތުތަކުން ރައްޔިތުންނާއި ޤައުމަށް، އަދި ޤައުމުގެ އިޤްތިޞާދަށް ލިބޭނެ ނަފާ އާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާ ކުރުން

  • 404 ނުފެނުނު - އެރާރ

    


އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×