އޭސީސީއިން ސީ.އެމް.ޑީ.އޭ.އާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީއިން ސީ.އެމް.ޑީ.އޭ.އާ ގުޅިގެން ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

23 Jul 2018

ކޮރަޕްޝަނާމެދު ހޭލުންތެރިކުރުވާ، ނަޒާހަތްތެރިކަން ކުރިއެރުވުމަށާއި، މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދައުލަތުގެ އިދާރާތަކާއި އެކިއެކި ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބެވި ފަރާތްތަކަށް އަމާޒުކޮށްގެން ‘ދައުލަތުގެ މާލިއްޔަތު ގަވައިދު’ އަދި ‘އެންޓި-ކޮރަޕްޝަން ޓްރެއިނިންގ’ ޕްރޮގްރާމް 18 މޭ 2018 ވީ ބުދަ ދުވަހު ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.) ގެ ‘ޑައިރެކްޓަރޒް ޓްރެއިނިންގ ޕްރޮގްރާމް’ ގައި ކުރިއަށް ގެންގޮސްފިއެވެ. 3 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނަޒާހަތްތެރިކަމާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރު އަދި ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ޕްރޮކިއުމަންޓްއާ ބެހޭ ބާބަށް ބައިވެރިން އަހުލުވެރި ކުރެވިގެންދިޔައެވެ.

ޖުމްލަ 27 މުއައްސަސާއަކުން 33 މުވައްޒަފުން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ މާގިރި ހޮޓަލުގެ ކޮންފަރަންސް ރޫމްގައެވެ.

މި ޕްރޮގްރާމަކީ ސީ.އެމް.ޑީ.އޭ.ގެ އެދުމުގެ މަތިން، ކޮރަޕްޝަނާ ދެކޮޅަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ހިންގުނު ހަރަކާތެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×