ލ. ގަމު މުކުރިމަގު ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭ ގޮތުން އޭސީސީ އިން މަޢުލޫމާތު ދީފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ލ. ގަމު މުކުރިމަގު ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމާބެހޭ ގޮތުން އޭސީސީ އިން މަޢުލޫމާތު ދީފި

23 Jul 2018

މުކުރިމަގު ސްކޫލުގެ އެސެމްބްލީގައި ނަޒާހަތްތެރިކަމުގެ ސިފަތަކާބެހޭގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން މަޢުލޫމާތު ދީފިއެވެ. މި އެސެމްބްލީގައި ސްކޫލްގެ ގްރޭޑް 1 ން 5 ގެ ދަރިވަރުންނާއި، ސްކޫލްގެ ނާޒިރާއި، ސްކޫލްގެ މެނޭޖްމަންޓް އަދި މުދައްރިސުން ބައިވެރިވިއެވެ.

މި ޙަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 17 ޖުލައި ވީ އަންގާރަ ދުވަހުގެ ހެނދުނު ސްކޫލްގެ ގޯތިތެރޭގައެވެ.

ނަޒާހަތްތެރިކަމާގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ކުރިޔަށްގެންދެވުނު މި ޙަރަކާތުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، ކޮންމެ ކުއްޖަކީ ނަޒާހަތްތެރި ކުއްޖަކަށްވުން މުހިއްމުވަނީ ކީއްވެގެންކަމާއި، އުނގެނުމުގައި ނަޒާހަތްތެރިކަމަކީ ކޮބައިކަމާއި، އެކަމުގެ މުހިއްމުކަމާއި، އަދި ދަރިވަރުންގެ އުމުރުފުރާ އާއި ގުޅޭ މިސާލުތައް ހިމަނައިގެން ނަޒާހަތްތެރިވުމަށް އާންމު ދިރިއުޅުމުގައި ވިސްނަންވީ ކަންތައްތަކާއި، ކުރެވިދާނޭ ކަންތައްތަކަށް އަލިއަޅުވާލެވުނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ލ.އަތޮޅު ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×