ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތުގެ ދިރާސާ ނިންމައި ކަމާބެހޭ ފަރާތްތަކާ ރިޕޯޓް ހިއްސާކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތުގެ ދިރާސާ ނިންމައި ކަމާބެހޭ ފަރާތްތަކާ ރިޕޯޓް ހިއްސާކޮށްފި

19 Jul 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ކުރުމަށް ރޭވިފައިވާ ގޮތް ދެނެގަތުމަށް، އިމިގްރޭޝަން ދާއިރާއަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ކޮރަޕްޝަން ރިސްކް އެސެސްމެންޓް، “އިމިގްރޭޝަން ނިޒާމުގެ ތެރެއިން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާގުޅޭ ކަންތައްތައް ރޭވިފައިވާގޮތް” ނިންމައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް އެ ދިރާސާގެ ރިޕޯޓް ހިއްސާކޮށްފިއެވެ.

މި ދިރާސާގެ މަޤްޞަދަކީ އިމިގްރޭޝަން ނިޒާމުގެ ތެރެއިން ބިދޭސީންނާ ގުޅޭ ކަންތައްތައް ރޭވިފައިވާގޮތް ދެނެގަތުމާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް އުފެދެން ދިމާވާ ސަބަބުތައް ދެނެގަނެ ޤާނޫނާ ގަވާއިދާ އެއްގޮތަށް އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލަފާދިނުމެވެ.

މި ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވާނީ ބިދޭސީންގެ ކަންތައްތައް މޮނިޓަރ ކުރުމަށް އިމިގްރޭޝަންގައި މިހާރު ޢަމަލުކުރެވޭ ގަވާއިދުތަކާއި އުޞޫލުތަކާއި ކޯޓާ ދޫކުރުމުގައާއި ބިދޭސީން ރާއްޖޭގައި މަސައްކަތް ކުރުމަށް ދޫކުރެވޭ ވަރކް ވީޒާއާއި ވަރކް ޕާރމިޓް ދޫކުރުމުގައި ޢަމަލުކުރެވޭ ގޮތްތަކަށެވެ. އަދި ބިދޭސީންނާބެހޭ މަޢުލޫމާތު ކައުންސިލްތަކުން ބެލެހެއްޓުމުގައި ހުރި މައްސަލަތައް ދެނެގަތުންވެސް ހިމެނެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×