ކ. ހިންމަފުށީ ސްކޫލްގެ ދަރިވަރުންނަށް ‘ކިޔަމާ ކިޔަމާ’ ޙަރަކާތް ކުރިއަށް ގެންގޮސްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ކ. ހިންމަފުށީ ސްކޫލްގެ ދަރިވަރުންނަށް ‘ކިޔަމާ ކިޔަމާ’ ޙަރަކާތް ކުރިއަށް ގެންގޮސްފި

02 Jul 2018

ކުޑަކުދީންނަށް އަމާޒުކޮށްގެން ‘ކިޔަމާ، ކިޔަމާ’ ގެ ނަމުގައި، ނަޒާހަތްތެރިކަމާގުޅޭ ގޮތުން ހޭލުންތެރިކުރުމަށް ކުރިއަށް ގެންދާ ވާހަކަ ކިޔައިދިނުމުގެ ޕްރޮގްރާމު އޭސީސީ އިން ކ.ހިންމަފުށީގައި ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 25 ޖޫން 2018 ވީ ހޯމަ ދުވަހުގެ ހެނދުނު، ކ. ހިންމަފުށީގެ ޖަފަނާ ޕާކުގައެވެ.

1 ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މުހިންމުކަމާގުޅޭ، ޢިބްރަތްތެރި ވާހަކަ ކުޑަކުދިންނަށް ކިޔައިދެވުނެވެ. މި ޙަރަކާތުގައި ކ. ހިންމަފުށީ ސްކޫލްގެ ގްރޭޑް 1، 2 އަދި 3 ގެ 43 ކުދިން ބައިވެރިވެފައިވެއެވެ. މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ .އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×