ކ. ހިންމަފުށީ ސްކޫލުގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ކ. ހިންމަފުށީ ސްކޫލުގެ ބެލެނިވެރިންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

02 Jul 2018

ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ކުދިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރުކުރުމުގައި ބެލެނިވެރިންގެ ދައުރު’ ޕްރޮގްރާމް ކ. ހިންމަފުށީ ސްކޫލްގައި 25 ޖޫން 2018 ވީ ހޯމަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަންގެ ޢަމަލުތަކުގެ ނުބައިކަމާއި، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އިތުރު ކުރުމުގައި ބެލެނިވެރިންގެ ދައުރު އަދާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ.

ކ. ހިންމަފުށީ ސްކޫލުގެ ޖުމްލަ 33 ބެލެނިވެރިން ބައިވެރިވި މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި ކައުންސިލްތަކާއި ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުޞަތުގައި ކ.ހިންމަފުށީ ސްކޫލުގެ އިސްނެގުމުގެ މަތިން އޭސީސީން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޕްރޮގްރާމް ހިންގުމަށް ކ.ހިންމަފުއްޓަށް ކުރި ދަތުރުގެ ހުރިހާ ޚަރަދެއް ބެލެހެއްޓީ ހިންމަފުށީ ސްކޫލުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×