ގއ.ނިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ގއ.ނިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

15 May 2018

ގއ.ނިލަންދޫ ސްކޫލުގެ ގެ ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންގޮސްފައިވަނީ 10 މޭ 2018 ވީ ބުރާސްފަތި ދުވަހު ގއ.ނިލަންދޫ ސްކޫލުގައެވެ.

3 ގަޑިއިރަށް ކުރިޔަށް ގެންދެވުނު މި ޕްރޮގްރާމްގައި ކިޔެވުމުގައި ނަޒާހަތްތެރިކަން އިސްކުރުމުގެ މުހިންމުކަމުގެ އިތުރުން، ދަރިވަރުންގެ ސުލޫކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޤައުމީ ނަޒާހަތްތެރިކަމުގެ ނިޒާމާ ގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނެވެ. މި ސެޝަންގައި ޖުމްލަ 22 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.

މި ޙަރަކާތަކީ އޭސީސީއާ ގުޅިގެން، ކޮރަޕްޝަނާދެކޮޅަށް އަދި ނަޒާހަތްތެރިކަން އިތުރު ކުރުމަށް ސްކޫލުތަކާއި، ކައުންސިލްތަކާއި، ރަށްރަށުގައި ޤާއިމްކޮށްފައިވާ ދައުލަތުގެ އެހެން އިދާރާތަކަށް ހުޅުވާލި ފުރުސަތުގައި ގއ.ނިލަންދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން އޭސީސީ އިން ކުރިޔަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×