މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 7 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 7 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

15 May 2018

2018ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 4 މައްސަލައެއްގައި ޖުމްލަ 7 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ.

މި އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އޭސީސީން ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ 4 މައްސަލައިގައި ދަޢުވާއުފުލާފައިވަނީ ޖުމްލަ 05 ފަރާތެއްގެ މައްޗަށެވެ. އެގޮތުން، މިފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވާ ދަޢުވާގެ ބާވަތްތަކަށްބަލާއިރު، އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާގުޅޭ ދަޢުވާއެވެ. މިގޮތުން 03 ފަރާތެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވާއިރު، މި މައްސަލަތަކުގައި ޝާމިލްވަނީ ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.

އަދި މި 5 ފަރާތުގެ ތެރެއިން 01 ފަރާތެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ކުރުމަށްވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ. މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އޭސީސީ އިން ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގައި، ޖުމްލަ 130,262,223.00 (އެއްސަތޭކަތިރީސްމިލިއަން ދުއިސައްތަފަސްދޮޅަސްދެހާސް ދުއިސައްތަތޭވީސް) ރުފިޔާ ހިމެނޭއިރު، އޭގެތެރެއިން ދަޢުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޢަދަދަކީ ޖުމްލަ 108,749,100.00 (އެއްސަތޭކައަށްމިލިއަން ހަތްސަތޭކަސާޅީސްނުވަހާސް ސަތޭކަ) ރުފިޔާކަން ފާހަގަކުރެވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×