ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށާއި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށާއި އަދި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށައިފި

02 Apr 2018

ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާއި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ށް އޭ.ސީ.ސީގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މިޓްރެއިނިންގ ޕްރޮގުރާމަކީ އިންވެސްޓިގޭޝަން ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 6 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިޓްރެއިނިންގ ޕްރޮގްރާމުގައި ކުށުގެ ތުހުމަތުތައް ތަޙްޤީޤްކުރުމުގައި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ އުޞޫލްތަކާއި މިންގަނޑުތައް އަދި އިޖްރާޢާތުތައް ބޭނުންކުރާނޭ ގޮތްތައް އިންވެސްޓިގޭޓަރުންނަށް ސާފުކޮށްދިނުމުގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކާއި، ޤާނޫނުލްޢުޤޫބާތުގައި ބަޔާންކޮށްފައިވާ ދިފާޢުތައް ތުހުމަތު ކުރެވޭ ފަރާތްތަކަށް ފޯރުކޮށްދިނުމާއި އަދި ހެއްކާއި ޤަރީނާ ވަޒަންކުރާނެގޮތުގެ މަޢުލޫމާތު ޓްރެއިނިންގެ ބައިވެރިންނަށް ދެވޭނެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ޤާނުނުގެ ދަށުން ދިވެހިރާއްޖޭގައި ޖިނާއީ ކުށްތައް ތަޙްޤީޤުކުރުމާއި، ޖިނާއީ ކުށްތަކުގެ ދަޢުވާ އުފުލުމާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގައި ޢަމަލުކުރާނެ އުޞޫލުތަކާ ބެހޭ މަޢުލޫމާތު ވެސް ހިއްސާ ކުރެވޭނެއެވެ. މި ޓްރޭއިނިންގ ޕްރޮގްރާމުގައި އޭސީސީގެ ކަމާބެހޭ މުވައްޒަފުންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުގެ 2 މުވައްޒަފަކުވެސް ބައިވެރިވެއެވެ.

މި ޓްރެއިނިންގ ކުރިއަށް ގެންގޮސްދެއްވަނީ އޭ.ސީ.ސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×