ތަޙުޤީޤުކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ތަޙުޤީޤުކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްއެއް ބާއްވައިފި

13 Mar 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިންވެސްޓިގޭޓަރުންގެ ތަޙުޤީޤު ކުރުމުގެ ހުނަރު އިތުރުކުރުމުގެ ގޮތުން، “އިންވެސްޓިގެޝަން ސްކިލް ޑިވެލޮޕްމަންޓް” ގެ ނަމުގައި ތަމްރީން ޕްރޮގްރާމާއެއް މިއަދު ބާއްވައިފިއެވެ.

މި ތަމްރީން ޕްރޮގްރާމުގައި ތަޙުޤީޤުތަކާގުޅޭ ހެކި ހޯދުމާއި، ހެކި ދިރާސާކުރުމާއި، ހެކި ވަޒަންކުރުންފަދަ ތަޙްޤީޤު ކުރުމުގެ މަސައްކަތާގުޅޭ މުހިންމު ކަންތައްތައް މި ތަމްރީނު ޕްރޮގްރާމުގެ ބައިވެރިންނާ ޙިއްސާ ކުރެވުނެވެ. މި ތަމްރީނު ޕްރޮގުރާމްގެ ސެޝަންތައް ނަންގަވައި ދެއްވީ ތަޖްރިބާ ލިބިފައިވާ ކޮމިޝަންގެ ފަންނީ މުވައްޒަފުންނެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަންގެ 40 މުވައްޒަފުން ބައިވެރިވިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×