އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް “ނަޒާހަތްތެރި ދަރިވަރުން” ޕްރޮގްރާމެއް ހިންގަނީ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް “ނަޒާހަތްތެރި ދަރިވަރުން” ޕްރޮގްރާމެއް ހިންގަނީ

06 Mar 2018

 

ނަޒާހަތްތެރި ދަރިވަރުން ބިނާ ކުރުމުގެ މަޤްޞަދުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ސްކޫލްތަކުގެ މަތީ ޘާނަވީ ފެންވަރުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ‘ނަޒާހަތްތެރި ދަރިވަރުން’ ޕްރޮގްރާމް މިމަހުގެ 4 ން 7 ގެ ނިޔަލަށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ފެށިގެން ކުރިޔަށް އެބަ ގެންދެވެއެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް ނަޒާހަތްތެރިކަމުގެ ސިފަތަކާ ބެހޭގޮތުންނާއި، ކޮރަޕްޝަނުގެ ޢަމަލުތަކުގެ ނުބައިކަމާއި، އުނގެނުމުގައި ނަޒާހަތްތެރިވުމާއި ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެއެވެ.

 

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހޯލުގައި، ޖުމްލަ 263 ދަރިވަރުންނަށް ކުރިޔަށްގެންދާ މި ޕްރޮގްރާމް ހުށަހަޅުއްވާދެއްވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×