މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މާލިއްޔަތު ގަވާއިދަށް އަހުލުވެރި ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި

01 Mar 2018

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 26 އިން 28 އަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. މި ޕްރޮގްރާމްގައި މާލިއްޔަތު ގަވާއިދުގެ ގިނަ ބައިތަކަކާބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރެވުނެވެ. ޖުމްލަ 09 ގަޑިއިރުގެ މި ތަމްރީނު ޕްރޮގްރާމުގައި މާލިއްޔަތު ގަވާއިދުގެ ޕްރޮކިއުމަންޓް ބަޔާބެހޭ ގޮތުން ވަރަށް ތަފްސީލްކޮށް މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމްގައި ދައުލަތުގެ 17 އިދާރާތަކުން ޖުމްލަ 43 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމްގައި އޭސީސީގެ ސެޝަން ހުށަހަޅާދީފައިވަނީ ކޮމިޝަނުގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×