މާދަރީބަހުގެ ދުވަސް އެސީސީގައި ފާހަގަކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

މާދަރީބަހުގެ ދުވަސް އެސީސީގައި ފާހަގަކޮށްފި

21 Feb 2018

މާދަރީބަހުގެ ދުވަސް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ފާހަގަކޮށްފިއެވެ.

މި ދުވަހާގުޅޭގޮތުން އޭސީސީގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ ދިވެހިބަހުގެ އެކެޑަމީގެ ބޯޑް މެންބަރު, އަލްފާޟިލް ޢިޔާޒު ނަސީމްއެވެ. ޝަރަފްވެރި މެހެމާނުގެ ވާހަކަފުޅުގައި “މާދަރީބަސް” މިލަފުޒު އައިގޮތާއި ތާރީޚުގެ ތެރެއިން މާދަރީ ބަހުގެ ދުވަސް ފާހަގަކުރެވެން ފެށުނު ގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މާދަރީ ބަހަށް މޮޅުވެއްޖެނަމަ އެހެން ބަސްބަހަށް މޮޅުވުމުގެ ފުރުޞަރު ބޮޑުވެ، ހިޔާލާ ވިސްނުން ތަނަވަސް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން މާދަރީ ބަހަށް މޮޅުވުމަށްޓަކައި މޮޅު ލިޔުންތެރިންގެ ލިޔުންތައް ކިޔުމާއި، ވާހަކަދައްކާއިރު ބަސް މަސްހުނިނުކޮށް، ސާފުބަހުން ވާހަކަ ދެއްކުމަށް އިރުޝާދު ދެއްވިއެވެ.

މި އަދުގެ ޖަލްސާގައި ކޮމިޝަންގެ ފަރާތުން ވާހަކަފުޅު ދެއްކެވީ ކޮމިޝަނުގެ މެންބަރު އަލްފާޟިލާ އާމިނަތު މިންނާއެވެ. މިންނާގެ ވާހަކަފުޅުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗައް އަލި އަޅުއްވާލެއްވިއެވެ. މިދުވަހާއި ގުޅޭގޮތުން ކޮމިޝަންގެ މުވައްޒަފުންގެ ޝުޢޫރު ފާޅުކުރުންވެސް މިއަދުގެ ޖަލްސާގައި ކުރިޔަށް ދިޔައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×