ސިވިލްސަރވިސް މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމްގައި އޭސީސީން މަޢުލޫމާތު ދީފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ސިވިލްސަރވިސް މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގްރާމްގައި އޭސީސީން މަޢުލޫމާތު ދީފި

10 Feb 2018

ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ސިވިލްސަރވިސް މުވައްޒަފުންނަށް ހިންގާ އިންޑަކްޝަން ޕްރޮގަރާމްގައި އެންޓި-ކޮރަޕްޝަނާއި ނަޒާހަތްތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުރިއަށް ގެންގޮސް ފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 7 ފެބުރުވަރީ 2018، ބުދަ ދުވަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައެވެ. މި ޕްރޮގްރާމްގައި ނަޒާހަތްތެރިކަމުގެ މާނައާއި މުހިއްމުކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަންގެ ޙާލަތާއި، ކޮރަޕްޝަޕްޝަން ގެ ޢާއްމު މާނައާއި ކޮރަޕްޝަންގެ ކުށްތަކާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ރޭވިފައިވާ ނިޒާމް އަދި ކޮރަޕްޝަން ހުއްޓުމާއި ވިޔަ ނުދިނުމުގެ މައްޗަށް މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

މި ޕްރޮގްރާމްގައި ސަރުކާރުގެ 16 އިދާރާއަކުން ޖުމްލަ 58 މުއައްޒަފުން ބައިވެރިވިއެވެ. މި ސެޝަން ހުށަހަޅާދީފައިވަނީ އޭސީސީގެ ކަމާބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×