2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 45,374,423.00 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 45,374,423.00 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅުންހުރި އިދާރާތަކަށް އަންގައިފި

06 Feb 2018

އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމި މައްސަލަތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި، ޖުމްލަ 45,374,423.00 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް އެދި ދައުލަތުގެ އެކި އިދާރާތަކަށް އަންގާފައިވެއެވެ.

2017 ވަނަ އަހަރުގެ ތެރޭގައި ދައުލަތަށް އަނބުރާ ހޯދުމަށް އެކި އިދާރާތަކަށް އަންގާފައިވާ ފައިސާގެ ޖުމްލަ އަދަދަކީ 1,389,474,967.56 ރުފިޔާ އެވެ. އޭގެތެރެއިން 45,374,423.00 އަކީ 2017 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި ދައުލަތަށް އަނބުރާ ހޯދުމަށް އެންގި ފައިސާއެވެ.

މި ފައިސާއަކީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤްކޮށް ނިންމި 6 މައްސަލައެއްގައި ހިމެނޭ ފައިސާއެވެ. މިގޮތުން، 17,857,979.10 ރުފިޔާއަކީ ދަޢުވާކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 1 މައްސަލާގައި ހިމެނޭ ފައިސާގެ އަދަދެވެ. އަދި 27,516,443.9 ރުފިޔާއަކީ އެކަށީގެންވާ ވަރަށް ހެއްކާއި ޤަރީނާ ލިބިފައި ނެތުމުން، ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާކަމަށް ނިންމާފައިވާ 5 މައްސަލައެއްގައި ހިމެނޭ ފައިސާގެ އަދަދެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×