2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 8 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 8 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

06 Feb 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކާ ގުޅިގެން، 2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި 8 ދަޢުވާއެއް ކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2017 ވަނަ އަހަރުގެ ތެރޭގައި ދަޢުވާކޮށްދެއްވުން އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައިވަނީ ޖުމްލަ 12 މައްސަލައެވެ. މީގެތެރެއިން 2 މައްސަލައަކީ 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ފޮނުވުނު މައްސަލައެވެ. މި 2 މައްސަލާގައި ޖުމްލަ 8 ދަޢުވާ ހިމެނޭއިރު، އެ 8 ދަޢުވާއަކީވެސް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާއެވެ. އަދި މި މައްސަލަތަކުގައި ޝާމިލްވަނީ ހުސް ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، މި މައްސަލަތަކުގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 17,857,979.10 (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަ ރުފިޔާ ދިހަ ލާރި) ރުފިޔާކަން ފާހަގަކުރެވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×