2017ވަނަ އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

2017ވަނަ އަހަރުވެސް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތައް

24 Jan 2018

2017ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަތަކުގެ ތެރެއިން 2016ވަނަ އަހަރެކޭ އެއްފަދައިން 2017ވަނަ އަހަރުވެސް އެންމެ ގިނައީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކެވެ.

އެގޮތުން 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 259 މައްސަލައެއް ވަނީ ބަލާ ނިންމާފައިވެއެވެ. 2016 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 158 މައްސަލައެއް ބަލާ ނިންމާފައިވެއެވެ.

2017ވަނަ އަހަރުގެ 4ވަނަ ކުއާޓަރގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ނިންމާފައިވަނީ ގަވާއިދާ ޚިލާފުވުމުގެ މައްސަލަތަކެވެ. އެގޮތުން ގަވާއިދާ ޚިލާފުވުމުގެ 149 މައްސަލައެއް ނިންމާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ތިންވަނަ އަށް އެންމެ ގިނައިން ނިންމާފައިވަނީ ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތަކެވެ. އެގޮތުން ނާޖާއިޒު ފައިދާ ހޯދުމުގެ 59 މައްސަލައެއް ނިންމާފައިވެއެވެ. އަދި ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ 23 މައްސަލައަކާއި، ދައުލަތުގެ މުދަލާއި ފައިސާއަށް އިހުމާލު ވުމުގެ 18 މައްސަލައަކާއި އަދި ރިޝްވަތުގެ 8 މައްސަލައަކާއި، ކޮމިޝަނުގެ ނިންމުމަށް ތަބާނުވުމުގެ އެއް މައްސަލަވެސް 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުންވަނީ ބަލާ ނިންމާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×