އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމަންޓާގުޅޭ މައްސަލަތައް | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އެންމެ ގިނައިން ރަޖިސްޓްރީ ކުރެވެނީ ޕްރޮކިޔުމަންޓާގުޅޭ މައްސަލަތައް

21 Jan 2018

2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2016ވަނަ އަހަރެކޭ އެއްފަދައިން 2017ވަނަ އަހަރުވެސް އެންމެ ގިނައިން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރަޖިސްޓްރީ ކުރެވިފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ.

އެގޮތުން 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 69 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 98 މައްސަލަ ރަޖިސްޓްރީ ކުރެވިފައިވެއެވެ.

ވަޒީފާއާގުޅޭ 37 މައްސަލައެއް 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކުރެވިފައިވާއިރު 2016 ވަނަ އަހަރު މި މުއްދަތުގެ ތެރޭގައި ވަޒީފާއާއި ގުޅޭ 34 މައްސަލަ ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.

މީގެއިތުރުން 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ގޯތިގެދޮރާއި ކުއްޔަށް ދޫކުރެވޭ ބިމާއި ރަށްތަކާއި ގުޅޭ ޖުމްލަ 30 މައްސަލައެއް ރަޖިސްޓްރީ ކުރެވިފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 46 މައްސަލައެއް 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވިފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×