އޭސީސީއިން ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

އޭސީސީއިން ސިވިލް ސަރވިސް ކޮމިޝަނާ ބައްދަލުކޮށްފި

17 Jan 2018

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ދެވަނަ ހުދު ކަރުދާސް “ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުން – އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތައް” ގައި ފާހަގަކުރެވުނު ބައެއް ކަންބޮޑުވުންތަކަށް ޙައްލުހޯދުމަށް މަޝްވަރާކުރުމަށް އޭސީސީގެ މެމްބަރުން ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ)ގެ މެމްބަރުންނާ ބައްދަލުކޮށްފިއެވެ. 15 ޖަނަވަރީ 2018 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނުގައި ބޭއްވި މިބައްދަލުވުމުގައި އޭސީސީގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއާއި ސީ.އެސް.ސީ ގެ ރައީސް ޑރ. އަލީ ޝަމީމްއާ ދެ އިދާރާގެ މެމްބަރުންނާއި އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންވަނީ މަޝްވަރާ ކުރައްވާފައެވެ.

ކޮމިޝަންގެ ހުދު ކަރުދާސް އަމާޒުކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން 2017 ވަނަ އަހަރު އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ހުށަހެޅި ދިރާސާ ކަރުދާސް އަދި އޭސީސީން 2014 ވަނަ އަހަރު ހިންގި ‘ސިވިލް ސަރވިސްގެ މުވައްޒަފުން ކޮރަޕްޝަނާމެދު ދެކޭގޮތުގެ ދިރާސާ’ ގެ ކޮމްޕަރޭޓިވް އެނާލިސިސްއިން، ފާހަގަކުރެވުނު އިދާރީ، ހިންގުމުގެ ނިޒާމް އަދި ރެގިއުލޭޓަރީ މައްސަލަތައް އިސްލާޙްކޮށް ހަރުދަނާ ކުރުމާގުޅޭގޮތުން އަލިއަޅުވާލާ ތައްޔާރުކޮށްފައިވާ ހުދުކަރުދާހުގައިވާ ހޯދުންތަކުގެ މައްޗަށެވެ. ސިވިލް ސަރވިސްގެ އިދާރާތަކުގައި ކޮރަޕްޝަނުގެ ޢަމަލުތައް މަދުކޮށް ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުމަށް ބާރުއެޅުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އޭސީސީއިން ވަނީ ލަފާދީފައިވެއެވެ.

ސިވިލް ސަރވިސްގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމަކީ އޭގެ ޒާތުގައި ކުދި މައްސަލަތައް ކަމުގައިވީނަމަވެސް، މި ފަދަކަންކަން ދެނެގަނެ އެކަންކަން ތަކުރާރުވުން ހުއްޓުވައި އަދި ޙައްލުކުރުމަށްޓަކައި ދެ އިދާރާ ގުޅިގެން ޓެކްނިކަލް ކޮމިޓީއެއް އުފައްދައިގެން މަސައްކަތްކުރުމަށް ބައްދަލުވުމުގައި ނިންމާފައިވެއެވެ. މީގެ އިތުރުންވެސް، އޭސީސީއިން ހުށަހަޅާފައިވާ ގޮތަށް މުވައްޒަފުން ހޭލުންތެރިކުރުމުގައި ޚަރަދުކުޑަކުރުމުގެ މަޤްޞަދުގައި އޮންލައިންކޮށް ތަމްރީނު ދެވޭނެ ގޮތްތައް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަން އެކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. އަދި އެކޮމިޝަނުން ސިވިލް ސަރވިސްގެ ވަޒީފާއަށް ވަންނަ ފަރާތްތަކަށް ދޭ އެންޓްރަންސް ޓެސްޓުގައި ނަޒާހަތްތެރިކަމުގެ ބައި އިތުރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ. ހަމައެއާއެކު، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×