އޭސީސީއިން 2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 182 މައްސަލަ ރަޖިސްޓަރ ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީއިން 2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގައި 182 މައްސަލަ ރަޖިސްޓަރ ކޮށްފި

17 Jan 2018

2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ 182 މައްސަލަ ރަޖިސްޓަރ ކޮށްފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2017ވަނަ އަހަރުގެ ތެރޭގައި ޖުމްލަ 775 މައްސަލަ ވަނީ ރަޖސްޓްރީ ކުރެވިފައެވެ. މީގެތެރެއިން 182 މައްސަލައަކީ 4 ވަނަ ކުއާޓަރގައި ރަޖިސްޓްރީ ކުރެވިފައިވާ މައްސަލައެވެ. 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 281 މައްސަލައެވެ.

ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނު މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ތަޙްޤީޤު ކުރުމަށް ނިންމީ 143 މައްސަލައެވެ. 2016 ވަނަ އަހަރު އެމުއްދަތުގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 203 މައްސަލައެވެ.

އަދި ކޮމިޝަނަށް ހުށަހަޅާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައްދަނީ އެ މެންޑޭޓެއް އޮތް އިދާރާއަކަށް ފޮނުވަމުންނެވެ. މިގޮތުން 2017ވަނަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތެރޭގައި 23 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 15 މައްސަލައެވެ.

މީގެއިތުރުން، ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ 32 މައްސަލަ 2017ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2016 ވަނަ އަހަރުގެ އެމުއްދަތުގައި 71 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×