އޭސީސީގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އޭސީސީގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަން ޙައްލުކުރާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކޮށްފި

28 Dec 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ޙަރަކާތްތައް ތަންފީޒު ކުރުމުގައި 2017 ވަނަ އަހަރު ކުރިމަތިވި ގޮންޖެހުންތަކާއި 2018 ވަނަ އަހަރު ކޮމިޝަންގެ އެކްޝަންޕްލޭން ތައްޔާރުކުރުމުގެ ކަންކަން ވިލަރެސް ކުރާނެ ގޮތްތަކާބެހޭގޮތުން ކޮމިޝަންގެ އިސްމުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތްތައް މިހާރަށްވުރެ ހަލުއިކޮށް ހަރުދަނާ ކުރުމުގައި އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންނާއި ކޮމިޝަންގެ ތަޙްޤީޤުތައް ހަލުއިކޮށް އިދާރީގޮތުން މަސައްކަތް ހަލުއި ކުރާނެ ގޮތްތަކާ ބެހޭގޮތުންނާއި ކޮމިޝަންގެ ސްޓްރެޓެޖިކް ޕްލޭން ތަންފީޒުކުރުމުގެ ގޮތުން 2018 ވަނަ އަހަރު ކުރިއަށް ގެންދާނެ ޙަރަކާތްތައް ކޮމިޝަންގެ މެމްބަރުންނާއި ސެކްޝަންތަކުގެ ވެރިންނާއި އިންވެސްޓިގޭޝަން ޓީމުތަކުގެ ލީޑަރުންގެ މެދުގައިވަނީ މަޝްވަރާކޮށްފައެވެ. 2 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި ޙަރަކާތް ކުރިއަށް ގެންދެވުނީ ޑިސެމްބަރ މަހުގެ 27 އަދި 28 ވަނަ ދުވަހު ކޮމިޝަންގެ ކޮންފަރެންސް ހޯލުގައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×