“ޔޫއެންއޯޑީސީގެ ރީޖަނަލް އެކްސްޕާރޓް ގްރޫޕް މީޓިންގ” ގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

“ޔޫއެންއޯޑީސީގެ ރީޖަނަލް އެކްސްޕާރޓް ގްރޫޕް މީޓިންގ” ގައި އޭސީސީއިން ބައިވެރިވެއްޖެ

18 Dec 2017

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ސައުތު އޭޝިއާއަށް އަމާޒުކޮށްގެން 18 ޑީސެންބަރު 2017 ން 19 ޑިސެންބަރު 2017 އަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދާ “ރީޖަނަލް އެކްސްޕާރޓް ގްރޫޕް މީޓިންގ ފޯރ ދަ ޑިވެލޮޕްމަންޓް އޮފް ދަ ރީޖަނަލް ޕްރޮގްރާމް ފޯރ ސައުތު އޭޝިއާ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ބައްދަލުވުގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ސީނިއަރ ރިސާޗް އޮފިސަރ، އަލްފާޟިލާ އިކްލީލާ އިސްމާޢީލްއެވެ.

ފަސް ދާއިރާއެއް ކަނޑައަޅައިގެން ކުރިއަށްގެންދާ މި ބައްދަލުވުމުގެ މައިގަނޑު އެއް އަމާޒަކީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއެކު މި ސަރަޙައްދުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި އަދި 2018 އިން 2021 ވަނަ އަހަރާ ހަމައަށް މި ދާއިރާއާ ގުޅޭގޮތުން އެންމެ އިސްކަމެއްދީގެން ކުރެވިދާނެ ކަންތައްތަކާއި އޮޕަރޭޝަންސްތަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

މި ބައްދަލުވުގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެން އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×