2017 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރގެ “ބިތުފަންގި” ބުލެޓިން ނެރެފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

2017 ވަނަ އަހަރުގެ ތިންވަނަ ކުއަރޓަރގެ “ބިތުފަންގި” ބުލެޓިން ނެރެފި

11 Dec 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މުހިންމު މަސައްކަތްތައް އާންމުންނަށް ހާސާކުރުމަށާއި، ނަޒާހަތްތެރިކަމާއި ކޮރަޕްޝަނާ މެދު އާންމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރޭ “ބިތުފަންގި” ބުލެޓިންގެ ވޮލިޔުމް 2 ގެ 3 ވަނަ އަދަދު ނެރެފިއެވެ. މިއަދަދު ނެރެފައިވަނީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް 10 ޑިސެންބަރު 2017 ވީ އާދީއްތަ ދުވަހު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކޮންފަރެންސް ހޯލުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ. ބުލެޓިންގެ މި އަދަދު ނެރެދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރ އަލްފާޟިލް ޔަޒްމީދު މުޙައްމަދެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހަށް ޚާއްޞަކޮށްގެން  ނެރުނު މިބުލެޓިން ގައި ކޮމިޝަނުގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީ ދުވަހާ ގުޅިގެން ދެއްވާ ޚިޠާބު ހިމަނާފައިވެއެވެ. މީގެ އިތުރުން މިފަހަރުގެ ބުލެޓިންގައިވެސް ކޮމިޝަނުން މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ތެރޭގައި ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ޚުލާޞާއެއް ހިމަނާފައިވެއެވެ. އަދި، މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ކޮމިޝަންގެ ތަފާސްހިސާބާއި، އޭސީސީގެ މުހިންމު ޚަބަރުތައް ހިމަނާފައިވެއެވެ. މި ބުލެޓިން ކޮމިޝަންގެ ވެބްސައިޓްގައި ޝާޢިއުކުރެވިފައި ވާނެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×