ޕާޓީ ބަދަލުކުރާ މަތިން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް ރިޝްވަތުގެ ގޮތުގައި 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުމަކާ ގުޅިގެން މިކޮމިޝަނުން ބެލި މައްސަލަ ނިންމައިފި. | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ޕާޓީ ބަދަލުކުރާ މަތިން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް ރިޝްވަތުގެ ގޮތުގައި 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުމަކާ ގުޅިގެން މިކޮމިޝަނުން ބެލި މައްސަލަ ނިންމައިފި.

03 Dec 2017

ޕާޓީ ބަދަލުކުރާ މަތިން މާލޭ ސިޓީގެ މޭޔަރ ޝިފާ މުޙައްމަދަށް ރިޝްވަތުގެ ގޮތުގައި 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ މީޑިއާގައި ޝާއިޢުކޮށްފައިވާ ލިޔުމަކާ ގުޅިގެން މިކޮމިޝަނުން ޝިފާ މުޙައްމަދާ ސުވާލުކުރުމުން، “ކޮޅުބަދަލުކުރާ މަތިން 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވޭ” ކަމަށް ބުނެ 18 އޮކްޓޫބަރު 2017 ގައި ޝިފާ މުޙައްމަދު ޓުވީޓެއް ކޮށްފައިވާނެ ކަމަށާއި، ނަމަވެސް، އެއްވެސް ނޫހެއްގައި އެކަމާ ގުޅިގެން އެއްޗެއް ޝާއިޢު ކުރިކަމެއް އެނގިފައިނުވާ ކަމަށާއި، އަދި އެކަމާ ގުޅިގެން އެއްވެސް ނޫސްވެރިއެއްވެސް ސުވާލުކޮށްފައިނުވާ ކަމަށާއި، އޭނާ އެގޮތަށް ޓްވީޓްކޮށްފައިވަނީ މުޖުތަމަޢު ތެރޭގައި އެފަދަ މައްސަލަތައް ހިނގާކަމަށް ޤަބޫލުކުރެވިގެން އާންމުން ހޭލުންތެރި ކުރުމަށްޓަކައި ކަމަށާއި، އެއީ އޭނަ ލިޔަން ފަށާފައިވާ ވާހަކައެއް ކަމަށާއި، އެވާހަކައިގެ ދެވަނަބައި ފަހުން ޝާއިޢުކުރާނެ ކަންވެސް ޝިފާ މުޙައްމަދު ބުނެފައިވާތީއާއި، ކޮޅުބަދަލުކުރާ މަތިން 03 ކޮޓަރީގެ އެޕާޓްމަންޓަކާއި، މިލިޔަނުން ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ 18 އޮކްޓޫބަރު 2017 ގައި އޭނާ ކުރި ޓްވީޓުން ވަކި ޕާޓީއަކަށް ނުވަތަ ވަކި ފަރާތަކަށް ނިސްބަތްވެފައިވާކަމުގެ މާނައެއް ދޭހަނުވާނެ ކަމަށާއި، މިފަދަ އެތައް ވާހަކައެއް އާންމުން ހޭލުންތެރި ކުރުމުގެގޮތުން ޓްވީޓްކޮށްފައި ހުންނާނެ ކަމަށް ޝިފާ މުޙައްމަދު މިކޮމިޝަނަށް ބަޔާންދީފައިވާތީއާއި، އަދި މި މައްސަލާގައި ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިފައިނުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަނޑައަޅައި، މި މައްސަލަ މިކޮމިޝަނުން 02 ޑިސެންބަރު 2017 ގައި ވަނީ ނިންމާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×