ކޮމިޝަނުގެ ދެވަނަ ހުދު ކަރުދާސް ނެރެފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ކޮމިޝަނުގެ ދެވަނަ ހުދު ކަރުދާސް ނެރެފި

02 Dec 2017

ކޮރަޕްޝަނުގެ ގެއްލުމުގެ މައްޗަށް ޢާއްމުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކޮމިޝަނުން ނެރެން ފަށާފައިވާ “ހުދު ކަރުދާސް” ސިލްސިލާގެ ދެވަނަ ކަރުދާސް ނެރެފިއެވެ. އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ އިންޓެގްރިޓީ ފެސްޓިވަލް ނިންމުމުގެ ގޮތުން 23 ނޮވެމްބަރު 2017ގައި އައްޑޫ ސިޓީ ކައުންސިލް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިހުދު ކަރުދާސް ނެރެދެއްވީ ސ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް މުޙައްމަދު ހާޝިމްއެވެ.

މިސިލްސިލާގެ ދަށުން އޭސީސީއިން މިފަހަރު ނެރުނު ކަރުދާހުގެ މައުޟޫޢުއަކީ “ނަޒާހަތްތެރި ސިވިލް ސަރވިސްއެއް ބިނާކުރުން – އިދާރީ އަދި ޤާނޫނީ ގޮތުން ދިމާވާ ބައެއް ގޮންޖެހުންތައް” އެވެ. އޭސީސީގެ މި ހުދު ކަރުދާސް ބިނާކޮށްފައިވަނީ އެންޓި-ކޮރަޕްޝަން ޤައުމީ މަހާސިންތާގައި ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅި ދިރާސާ ކަރުދާހުގައި ފާހަގަކޮށްފައިވާ ބައެއްކަންތައްތަކާއި ކޮމިޝަނުން އިތުރަށް ކޮށްފައިވާ ދިރާސާތަކުގެ މައްޗަށެވެ. އެގޮތުން ދިވެހި ސިވިލް ސަރވިސްގައި ހިންގާ ކޮރަޕްޝަން ހުއްޓުވައި ނަޒާހަތްތެރިކަން ކުރިއެރުވުމުގައި އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ދިމާވާ ގޮންޖެހުންތަކާއި އެކަންކަމަށް ބައެއް ޙައްލު މި ކަރުދާހުގައި ހުށަހަޅާފައިވެއެވެ. މިކަރުދާސް މިހާރު އޭސީސީގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާނެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×