އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

21 Nov 2017

އައްޑޫ ސިޓީގައި ހިންގާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ މެމްބަރުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 21 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.

މި ޕްރޮގްރާމްގައި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ދައުރާއި، ރާއްޖޭގައި ކޮރަޕްޝަނުގެ ޙާލަތު އޮތް މިންވަރާއި، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ. މީގެއިތުރުން، އޭސީސީގެ އިސްނެގުމަށް އަލަށް ތަޢާރަފްކޮށްފައިވާ އިޖްތިމާޢީ އޮޑިޓް ޕްރޮގްރާމާ ގުޅޭގޮތުންވެސް ވަނީ މަޢުލޫމާތު ދީފައެވެ.

އިޖުތިމާޢީ އޮޑިޓް ޕްރޮގްރާމަކީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދްމަތްތަކާއި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދެވެނީ ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޔިތުންނަށް އެންމެ މަންފާކުރާނެ ގޮތަށްތޯ ބަލައި މިފަދަ މަޝްރޫޢުތަކާ ބެހޭގޮތުން ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ހޭލުންތެރިކުރުމުގެ މި ސެޝަނުގައި އިޖްތިމާޢީ ގޮތުން ޖަވާބުދާރީވުމާއި އިޖްތިމާޢީ އޮޑިޓް އަދި ހެޔޮވެރިކަން ކުރިއަރުވާނެ ގޮތްތަކާބެހޭގޮތުންނާއި، މަޢުލޫމާތު ހާމަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ތަކުގެ ތެރެއިން 07 ޖަމްޢިއްޔާ ޖަމާޢަތަކުން ވަނީ ބައިވެރިވެފައިވެއެވެ. ހޭލުންތެރިކުރުވުމުގެ ސެޝަން ހުށަހަޅައިދީފައިވަނީ އޭސީސީގެ އެޑިޔުކޭޝަން އޮފިސަރ ޢަލީ ޝަމީމް އާދަމް އާއި، އެސިސްޓެންޓް ޑިރެކްޓަރ ޙަސަން މަނިކު އަދި އެސިސްޓެންޓް ރިސަރޗް އޮފިސަރ ޢާއިޝަތު މަނާލް ޚާލިދު އެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×