އިންޓެގްރިޓީ ފެސްޓިވަލްގައި ހިމެނޭ ޕަބްލިކް ފޯރަމް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އިންޓެގްރިޓީ ފެސްޓިވަލްގައި ހިމެނޭ ޕަބްލިކް ފޯރަމް ބާއްވައިފި

21 Nov 2017

އައްޑޫ ސިޓީގައި ކުރިއަށްދާ އިންޓެގްރިޓީ ފެސްޓިވަލް ޕްރޮގްރާމްގެ ދަށުން ޕަބްލިކް ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ކުރިއަށްގެންގޮސްފައިވަނީ 21 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީގެ މަރަދޫ ބޮނޑޮގޭ ގައެވެ.

ޕަބްލިކް ފޯރަމަކީ ޢާއްމުންގެ މެދުގައި ނަޒާހަތްތެރިކަން އިތުރުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީ ކޮމިޝަނުގެ މަސައްކަތްތަކާ މެދު ޢާއްމު ރައްޔިތުންނަށް ޝުޢޫރު ފާޅުކުރުމަށް ފުރުޞަތު ދިނުމަށް ބޭއްވި ފޯރަމެކެވެ.

މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވީ އޭސީސީގެ ރައީސް ޙަސަން ލުޠުފީ އާއި ނާއިބުރައީސް މުޢައްވިޒު ރަޝީދު އަދި ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ ރަޝީދު އެވެ. މި ފޯރަމްގައި މަޢުލޫމާތު ދެވުނީ ނަޒާހަތްތެރިކަމުގެ ޤައުމީ މަޝްރޫޢާ ބެހޭގޮތުންނާއި އޭސީސީއަށް މައްސަލަ ހުށަހެޅުމާއި މައްސަލަ ހުށަހެޅުމުގައި ޢަމަލުކުރާ އިޖުރާޢާތުތަކާ ބެހޭގޮތުންނާއި ކޮމިޝަނުން ތަޙުޤީޤުކޮށް ނިންމާ މައްސަލަތަކުގައި ޢަމަލުކުރާގޮތާ ބެހޭގޮތުންނެވެ.

މި ފޯރަމްގައި އޭސީސީގެ ފަރާތުން ހުށަހެޅި ޕްރެސެންޓޭޝަންތަކަށްފަހު އޯޑިއަންސްގެ ފަރާތުން ހުށަހެޅުނު ސުވާލުތަކަށް ޕެނަލިސްޓުންވަނީ ޖަވާބުދެއްވާފައެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×