މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

20 Nov 2017

އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 20 ނޮވެންބަރު 2017 ގައި އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ދެކުނު ސަރަޙައްދީ އޮފީސް ހިންގާ ޢިމާރާތުގައެވެ.

މިއީ، ޔޫއެންޑީޕީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ “އިންޓެގްރިޓީ ފެސްޓިވަލް” ޕްރޮޖެކްޓްގެ ދަށުން ބޭއްވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ދައުލަތުގެ މުވައްޒަފުންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމާއި، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަނުގެ ޢަމަލުތައް ވިޔަނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި، ރާއްޖޭގައި ކޮރަޕްޝަނުގެ ޙާލަތު އޮތް މިންވަރާ ބެހޭގޮތުން މަޢުލޫމާތުދީ، ކޮރަޕްޝަނުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޢުލޫމާތު ދެވުނެވެ. އޭގެއިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ޕްރޮކިއުމެންޓް ނިޒާމު ރޭވިފައިވާގޮތާއި، ޕްރޮކިއުމެންޓް މަރުޙަލާތަކުގައި ދިމާވާ މައްސަލަތައް ދެނެގަނެ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ތެރެއިން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންވެސް މަޢުލޫމާތު ދެވުނެވެ.

މި ޕްރޮގްރާމްގައި އައްޑޫ ސިޓީގެ މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ ގެ ދައުލަތުގެ އިދާރާތަކުގެ ތެރެއިން 12 މުވައްޒަފެއް ބައިވެރިވެފައިވާއިރު، ހޭލުންތެރިކުރުވުމުގެ ސެޝަން ހުށަހަޅައިދީފައިވަނީ އޭސީސީގެ ނާއިބުރައީސް މުޢައްވިޒު ރަޝީދު އަދި ރިސަރޗް އޮފިސަރ ނާޞިރާ އިޤުބާލުއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×