ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ބެލެނިވެރިންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

18 Nov 2017

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ބެލެނިވެރިންނަށް ނަޒާހަތްތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ 18 ނޮވެންބަރު 2017 ގައި ހުޅުދޫގައި ހުންނަ ވިލާ ކޮލެޖް ކެމްޕަސްގައެވެ.

މިއީ، ޔޫއެންޑީޕީ އާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން އައްޑޫ ސިޓީގައި ކުރިއަށްގެންދާ “އިންޓެގްރިޓީ ފެސްޓިވަލް” ޕްރޮޖެކްޓްގެ ދަށުން ބޭއްވި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ މަޤްޞަދަކީ، ދަރިންގެ ކިބައިގައި ނަޒާހަތްތެރިކަން އަށަގެންނެވުމަށް ބާރުއެޅުމާއި، ނަޒާހަތްތެރި ދަރިއެއްގެ ގޮތުގައި އެ ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންގެ އަމަލުތައް ބަހައްޓަންޖެހޭ ގޮތާ ގުޅޭގޮތުން މަޢުލޫމާތުދީ، އެކަންކަމަށް ބެލެނިވެރިން ހޭލުންތެރިކުރުވުމެވެ.

މި ޕްރޮގްރާމްގައި ހުޅުދޫ އަދި މީދޫ ސްކޫލްތަކުގެ ބެލެނިވެރިންގެ ތެރެއިން 12 ބެލެނިވެރިއަކު ބައިވެރިވެފައިވާއިރު، ހޭލުންތެރިކުރުވުމުގެ ސެޝަން ހުށަހަޅައިދީފައިވަނީ އޭސީސީގެ އެސިސްޓެންޓް ރިސަރޗް އޮފިސަރ ޢާއިޝަތު މަނާލް ޚާލިދުއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×