ޖައިކާގެ ކޯހެއްގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

ޖައިކާގެ ކޯހެއްގައި އޭސީސީއިން ބައިވެރިވެއްޖެ

01 Nov 2017

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އެހެން އަހަރު ތަކެކޭ އެއްގޮތަށް މި އަހަރުވެސް ކުރިއަށް ގެންދާ “ކްރިމިނަލް ޖަސްޓިސް ރެސްޕޮންސް ޓް ކޮރަޕްޝަން” ކޯހުގައި މި ފަހަރުވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ބައިވެރިވެއްޖެއެވެ. ޖަޕާނުގެ ޓޯކިޔޯގައި 01 ނޮވެމްބަރު 2017 ން 07 ޑިސެމްބަރު 2017 ގެ ނިޔަލަށް ކުރިޔަށްދާ މި ކޯހުގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރ، އަލްފާޟިލާ މަރިޔަމް ލިއުޝާއެވެ.

މި ކޯހަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤު ކުރުމާއި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އެކި ޤައުމުތަކުގެ ކަމާބެހޭ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމަށް ކޮންމެ އަހަރަކު ހިންގޭ ޕްރޮގްރާމެކެވެ. މި ކޯހުގެ ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ ޖައިކާގެ ފަރާތުންނެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×