އެންޓި-ކޮރަޕްޝަން އެޖެންސީތަކާބެހޭ ދިރާސާ ރިޕޯޓު ހުށަހެޅުމަށް ބާއްވާ ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

އެންޓި-ކޮރަޕްޝަން އެޖެންސީތަކާބެހޭ ދިރާސާ ރިޕޯޓު ހުށަހެޅުމަށް ބާއްވާ ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެ

25 Oct 2017

ޓްރާންސްޕޭރެންސީ އިންޓްނޭޝަނަލްއިން އޭޝިއާ ޕެސިޕިކްގެ 6 ޤައުމެއް ކަމުގައިވާ ބޫޓާން، އިންޑޮނޭޝިއާ، ޕާކިސްތާން، ސްރީލަންކާ އަދި ދިވެހިރާއްޖޭގެ އެންޓި-ކޮރަޕްޝަން އެޖެންސީތައް ހިނގާގޮތް ދިރާސާކޮށް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ހުށަހެޅުމަށް މިއަދު ކުރިއަށްގެންދާ ކޮންފަރެންސްގައި އޭސީސީއިން ބައިވެރިވެއްޖެއެވެ. ތައިލޭންޑްގެ ވެރިރަށް ބެންގކޮކްގައި ކުރިއަށްގެންދާ މި ކޮންފަރެންސްގައި އޭސީސީގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވަނީ ކޮމިޝަންގެ ރައީސް އަލްފާޟިލް ޙަސަން ލުޠުފީއެވެ.

މި ރިޕޯޓު ހުށަހެޅުމުގެ މައިގަނޑު މަޤްސަދަކީ އެންޓި-ކޮރަޕްޝަން އެޖެންސީތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ އިދާރާތައް ހިންގުމުގައި ގެންގުޅޭ އުސޫލުތައް ފާހަގަކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާ މެދު މަޝްވަރާ ކުރުމެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×