އެސީސީގެ މުވައްޒަފުން ބިމާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ވާކްޝޮޕެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

އެސީސީގެ މުވައްޒަފުން ބިމާބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ވާކްޝޮޕެއް ބާއްވައިފި

22 Oct 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤު ކުރާ މުވައްޒަފުންނާއި އަދި ކަމާ ގުޅުންހުރި އެހެން މުވައްޒަފުން، ބިމާބެހޭ ޤާނޫނަށް އަހުލުވެރިކުރުވުމުގެ ގޮތުން، ވާކްޝޮޕެއް 21 އޮކްޓޫބަރު 2017 ވީ ހޮނިހިރު ދުވަހު ބާއްވައިފިއެވެ.

މި ވާކްޝޮޕްގެ މަޤްސަދަކީ، ކޮމިޝަނުގެ އިންވެސްޓިގޭޝަން ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ކަމާ ގުޅުންހުރި އެހެން މުވައްޒަފުން ބިމާބެހޭ ޤާނޫނާއި އެ ޤާނޫނަށް އަހުލުވެރިކުރުމާއި ބިމާބެހޭ ގަވާއިދުތަކާއި ރާއްޖޭގައި ބިމާބެހޭ ކަންކަމުގައި ޢަމަލުކުރެވޭ ގޮތްތަކާއި އުސޫލުތަކަށް އަހުލުވެރި ކުރުމެވެ. މި ވާކްޝޮޕް ކުރިއަށް ގެންގޮސްދެއްވީ ސިވިލް ކޯޓްގެ އިސް ޤާޟީ އަލްއުސްތާޛް ޢަބްދުﷲ ޢަލީއެވެ.

ހަތަރު ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ތަމްރީން ޕްރޮގްރާމްގައި ކޮމިޝަންގެ 56 މުވައްޒަފުން ބައިވެރިވެފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×