މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 239 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް

މިއަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 239 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

19 Oct 2017

މި އަހަރުގެ 3 ވަނަ ކުއާޓަރގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 4 މައްސަލައެއްގައި ޖުމްލަ 239 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ

މި މުއްދަތުގައި އެންމެ ގިނައިން ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާގުޅޭ ދަޢުވާއެވެ. މިގޮތުން 6 ފަރާތެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ 99 ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވެއެވެ. އަދި މީގެތެރެއިން 3 ފަރާތެއްގެ މައްޗަށް ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ 97 ދަޢުވާކޮށްދިނުމަށް އެދިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ. މި މައްސަލަތަކުގައި ޝާމިލްވަނީ ހުސް ފިރިހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.

މީގެއިތުރުން، ދަޢުވާ ރައްދުވާ ޖުމްލަ 6 ފަރާތްތަކުގެ ތެރެއިން 4 ފަރާތެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ 43 ދަޢުވާ ކުރުމަށް އެދިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ. މިގޮތުން މި މައްސަލަތަކުގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 1,315,129,016.30 (އެއް ބިލިއަން، ތިންސަތޭކަ ފަނަރަ މިލިއަން، އެއްސަތޭކަ ނަވާވީސް ހާސް، ސޯޅަ ރުފިޔާ ތިރީސް ލާރި) ރުފިޔާކަން ފާހަގަކުރެވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×