ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް، މަނީ ލޯންޑްރިން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ވޯކްޝޮޕެއް ގައި އޭސީސީއިން ބައިވެރިވެއްޖެ | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ފައިނޭންޝިއަލް އިންވެސްޓިގޭޝަންސް، މަނީ ލޯންޑްރިން އެންޑް އެސެޓް ރިކަވަރީއާ ބެހޭ ވޯކްޝޮޕެއް ގައި އޭސީސީއިން ބައިވެރިވެއްޖެ

17 Oct 2017

ސައުތު އޭޝިއާގެ ގައުމުތަކުގެ ތަޙްޤީޤު ކުރާ އިދާރާތަކާއި އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި މަނީލޯންޑްރިންގ އަމަލުތައް ހުއްޓުވުމުގައި ހަރަކާތްތެރިވާ މުއައްސަސާތަކަށް އަމާޒްކޮށްގެން ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ( ޔޫއެންއޯޑީސީ) އިން 17 އޮކްޓޫބަރު 2017 ން 19 އޮކްޓޫބަރު 2017 އަށް ކުރިއަށްގެންދާ ރީޖަނަލް ވޯކްޝޮޕް، “އިންޓަނޭޝަނަލް ކޯޕަރޭޝަން އިން ފައިނޭންޝިއަލް އިވެސްޓިގޭޝަންސް، މަނީ ލޯންޑްރިން އެންޑް އެސެޓް ރިކަވަރީ” ގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ވޯކްޝޮޕްގައި އޭސީސީގެ ފަރާތުން ބައިވެރިވަނީ ކޮމިޝަންގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ، އަލްފާޟިލް އިބްރާހިމް ޢަލީއެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤުސަދަކީ ފައިނޭންޝިއަލް ޓްރާންސެކްޝަން ހިމެނޭ ކޮރަޕްޝަންގެ މައްސަލަތައް ތަހުޤީޤު ކުރާ އިންވެސްޓިގޭޓަރުންނާއި ޕްރޮސިކިއުޓަރުންނަށް ކަމާގުޅޭ ޚާއްޞަ ހުނަރުތައް ދަސްކޮށްދީ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް، މި ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާ ލިބިފައިވާ ފަރާތްތަކުގެ ތަޖުރިބާ ހިއްސާ ކުރުމާއި މި ކަންކަން ރަނގަޅު ކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ޚިޔާލު ބަދަލުކުރުމެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ކުރިއަށްދާ މި ވޯކްޝޮޕްގައި އެސީސީގެ އިތުރުން ދައުލަތުގެ އެހެންބައެއް އިދާރާތަކުންވެސް ބައިވެރިވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×