އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމުގެ ސެމިނަރއެއް ބާއްވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަނާ ދެކޮޅަށް ހޭލުންތެރި ކުރުމުގެ ސެމިނަރއެއް ބާއްވައިފި

16 Oct 2017

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި ކޮރަޕްޝަންގެ ޢަމަލުތަކާ ދޮޅަށް ހޭލުންތެރިކުރުމުގެ ސެމިނާރއެއް ދިވެހިރާއްޖޭގެ ޖުޑީޝަލް އެކެޑަމީއާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންގޮސްފިއެވެ. 34 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ މިސެމިނާރ އޮތީ 15 އޮކްޓޫބަރު 2017ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގރޫމްގައެވެ.

7 މެޖިސްޓްރޭޓުން ހިމެނޭގޮތައް ކޯޓްތަކުގެ މުއައްޒަފުން ބައިވެރިވަޑައިގެންނެވި މިސެމިނާރގައި ނަޒާހަތްތެރިކަން ކުރިއެރުވުމާއި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނާއި، ކޮރަޕްޝަންގެ ކުށްތަކާބެހޭގޮތުން ވަނީ މަޢުލޫމާތު ހިއްސާކޮށްފައެވެ. މި ސެމިނަރ ކުރިއަށް ގެންގޮސްދެއްވީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ކަމަބެހޭ ފަންނީ މުވައްޒަފުންނެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×