މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަން އަށް ބޭނުންވާ ވެހިކަލް އަދި މެޝިނަރީ ގަތުމާގުޅޭ މައްސަލަ | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަން އަށް ބޭނުންވާ ވެހިކަލް އަދި މެޝިނަރީ ގަތުމާގުޅޭ މައްސަލަ

17 Aug 2017

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އާރ.ޑީ.ސީ) އަށް ބޭނުންވާ ވެހިކަލް އަދި މެޝިނަރީޒް ގަތުމުގައި ޕްރޮކިޔުމަންޓް އުސޫލަތަކާ ޚިލާފަށް، ވަކި ބަޔަކަށް ފައިދާ ހޯދައިދީފައިވާކަމަށް ބުނާ މައްސަލަ މިކޮމިޝަނުން ވަނީ ތަޙްޤީޤްކުރުމަށްފަހު 22 ނޮވެންބަރު 2016 ގައި ނިންމާފައެވެ.

މިމައްސަލައިގެ ތަޙްޤީޤަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އެމް.އާރ.ޑީ.ސީ އަށް ބޭނުންވާ ވެހިކަލް އަދި މެޝިނަރީ ފޯރުކޮށްދިނުމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ހަތަރު ފަރާތްތަކުގެ ތެރެއިން އެ މަސައްކަތް ޙަވާލުކޮށްފައިވަނީ އިވެލުއޭޓް ކުރުމުގައި ބަލާނެކަމަށް ބުނެފައިވާ އެންމެ ރަނގަޅު މޮޑެލްސް، އެންމެ ކުޑަ އިންޓްރެސްޓް ރޭޓް، އެންމެ ކުޑަ އެޑްވާންސް ޕަސަންޓް އަދި އެންމެ ބޮޑު ކްރެޑިޓް ޕީރިއަޑް ހުށަހަޅާފައިވާ ފަރާތައްކަން ފާހަގަކުރެވެއެވެ. އަދި އެ މަސައްކަތް އެކުންފުންޏާ ޙަވާލުކުރުމަށް ނިންމާފައިވަނީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެމް.އާރު.ޑީ.ސީ ބޭނުންވާ ކަންތައްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ އެކުންފުނިން ކަމަށްވާތީއާއި، “ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދު” ގެ ނަންބަރު 2.15.3 ގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުންޏަށް އެންމެ ފައިދާ ބޮޑު ހުށަހެޅުމެއް ހުށަހަޅާފައިވަނީވެސް އެކުންފުނިން ކަމަށްވާތީކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވެއެވެ.

ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް މިކޮމިޝަނުގެ ފަރާތުން ޗެކްކުރިކުރުމުގައި އެމް.އާރު.ޑީ.ސީ އަށް އެންމެ ފައިދާ ހުރި ގޮތަކީ އިސްވެދެންނެވުނު ކުންފުނިން މެޝިނަރީ އަދި ވެހިކަލް ގަތުންކަން ފާހަގަކުރެވިފައިވެއެވެ. އަދި، އެމް.އާރ.ޑީ.ސީގެ ބޯޑުގެ ނިންމެވުމާއި އެއްގޮތަށް ކުރިއަށް ގެންދިޔުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަވެސް ހޯދާފައިވެއެވެ.

އެ މަސައްކަތް ވަކި ފަރާތަކާ ޙަވާލުކުރުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް މި މައްސަލައިގެ ތަޙްޤީޤަށް ލިބިފައިނުވާތީ، ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 25 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން މި މައްސަލައަކީ ކޮރަޕްޝަނުގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލަ ވަނީ ނިންމާފައެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×