މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 10 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ 10 ދަޢުވާއެއް ކުރުމަށް ޕީޖީއަށް ފޮނުވައިފި

24 Jul 2017

މި އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމި މައްސަލަތަކާ ގުޅިގެން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް 6 މައްސަލައެއްގައި ޖުމްލަ 10 ދަޢުވާއެއް ކުރުމަށް އެދި ފޮނުވިފައިވެއެވެ.

މި މުއްދަތުގައި އެންމެ ގިނައިން ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވަނީ ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލަތަކާގުޅޭ ދަޢުވާއެވެ. މިގޮތުން 9 ފަރާތެއްގެ މައްޗަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދަޢުވާ ކުރުމަށް އެދި ފޮނުވިފައިވާއިރު، މި މައްސަލަތަކުގައި ޝާމިލްވަނީ 7 ފިރިހެން އަދި 2 އަންހެން މުވައްޒަފުންކަން ފާހަގަކުރެވެއެވެ.

އަދި މި 9 ފަރާތްތަކުގެ ތެރެއިން 7 ފަރާތެއްގެ އަތުން ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ދަޢުވާ ކުރުމަށް އެދިވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައިވެއެވެ. މިގޮތުން މި މައްސަލަތަކުގައި ހިމެނޭ ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 2,742,430 (ދެ މިލިއަން ހަތްސަތޭކަ ސާޅީސްދެހާސް ހަތަރުސަތޭކަ ތިރީސް) ރުފިޔާކަން ފާހަގަކުރެވެއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×