649 ފަރާތަކަށް އެންޓި-ކޮރަޕްޝަންއާގުޅޭ ތަމްރީނު ދީފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

649 ފަރާތަކަށް އެންޓި-ކޮރަޕްޝަންއާގުޅޭ ތަމްރީނު ދީފި

31 May 2017

2017 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮރަޕްޝަންގެ ޢަމަލުތަކާ މެދު ރައްޔިތުން ހޭލުންތެރިކޮށް ނަޒާހަތްތެރިކަން ކުރިއެރުމަށް ހިންގި ޙަރަކާތްތަކުގެ ތެރެއިން 649 ފަރާތެއް ތަމްރީން ކުރެވިފައިވެވެ.

މީގެ ތެރޭގައި، މާލޭގެ އިދާރާތަކަށް ޚާއްޞަކުރެވިގެން، ޖުމްލަ 12 ސެޝަން ހިންގައި 67 މުވައްޒަފުން ތަމްރީނު ކުރެވިފައިވެއެވެ. މި ޕްރޮގްރާމް ހިންގުމުގެ މަޤްޞަދަކީ ކޮރަޕްޝަންގެ ޢަމަލުތަކާ ދެކޮޅަށް މުވައްޒަފުން ހޭލުންތެރިކޮށް ކޮރަޕްޝަންގެ ގެއްލުން އަންގައިދިނުމާއި، ޕްރޮކިއުމަންޓާގުޅޭ މަޢުލޫމާތު މުވައްޒަފުންނާ ޙިއްޞާކޮށް ދައުލަތުގެ މުވައްޒަފުންގެ މެދުގައި ނަޒާހަތްތެރިކަން އަށަގެންނެވުމެވެ.

އަދި ހަމައެއާއެކު، ކޮރަޕްޝަންގެ ގެއްލުމާމެދު ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވައި، ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ޖުމްލަ 11 ސެޝަން ހިންގައި 582 ދަރިވަރުން ތަމްރީނު ކުރެވިފައިވެއެވެ. މި ތަމްރީން ސެޝަންތަކުގައި ނަޒާހަތްތެރިކަމާއި، ރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތާއި، އޭސީސީގެ ދައުރާއި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާކުރެވިފައިވެއެވެ.އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×