ރާއްޖޭގެ އެކި އަތޮޅުތަކުން ހުށަހެޅުނު 131 މައްސަލަ ތަޙްޤީޤް ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
އޮފީސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން މެންދުރުފަހު 15:00 އަށެވެ.

ރާއްޖޭގެ އެކި އަތޮޅުތަކުން ހުށަހެޅުނު 131 މައްސަލަ ތަޙްޤީޤް ކޮށްފި

30 May 2017

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރެއިން ރާއްޖޭގެ އެކި އަތޮޅުތަކަށް ނިސްބަތްވާ 131 މައްސަލައިގެ ތަޙްޤީޤް ކުރުމަށް މިއަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 6 އަތޮޅަކަށް މިކޮމިޝަނުގެ ތަޙްޤީޤް ޓީމްތަކުން ދަތުރުކޮށްފައިވެއެވެ.

އޭސީސީގެ ތަޙްޤީޤް ޓީމްތަކުން އަތޮޅުތަކަށް މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ކުރި ދަތުރުތަކުގައި 131 މައްސަލަ ތަޙްޤީޤްކޮށްފައިވާއިރު، 2016 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި އަތޮޅުތަކަށް ކުރި ދަތުރުތަކުގައި 74 މައްސަލައިގެ ތަޙްޤީޤް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް 2017 ވަނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގައި ފ، އއ، އދ، ގއ، ގދ، އަދި ތ އަތޮޅުގައި ތަޙްޤީޤްތައް ހިންގާފައިވާކަން ފާހަގަކުރެވެއެވެ. 2016 ވަނަ އަހަރުގެ މި މުއްދަތުގައި ތަޙްޤީޤްތައް ހިންގާފައިވަނީ 2 އަތޮޅެއްގައެވެ.

 އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×