ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެތި އޭސީސީއިން ހަދިޔާ ކޮށްފި | އެންޓި-ކޮރަޕްޝަން ކޮމިޝަން
ރަސްމީގަޑި: 08:00 ން 15:00 ށް (ސިޓީއާ ލިޔެކިއުންތައް ބަލައިގަތުން: ހެނދުނު 08:00 ން މެންދުރުފަހު 14:30 އަށް)

ކުޑަކުދިންގެ ހިޔާއަށް ބޭނުންވާ ބައެއް ތަކެތި އޭސީސީއިން ހަދިޔާ ކޮށްފި

23 Apr 2017

މިއަހަރުގެ ޤައުމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ކުޑަކުދިންގެ ހިޔާ (ފިޔަވަތި) އަށް ބޭނުންވާ ބައެއް ތަކެތި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ހަދިޔާ ކޮށްފިއެވެ. 21 އެޕްރީލް 2017ގައި، ފިޔަވަތީގައި އުޅޭ ކުދިންނަށް ބޭއްވުނު ޚާއްޞަ ކުޑަކުދިންގެ ހަވީރެއްގައި ފިޔަވަތީގެ ފަރާތުން މިތަކެއްޗާއި ޙަވާލުވެލެއްވީ ފިޔަވަތީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ފާޠިމަތު ޝިޔާމާ އެވެ.

އިޖުތިމާޢީ ކަންކަމުގައި އޭސީސީގެ ބައިވެރިވުން އިތުރުކުރުމުގެ މައިގަނޑު މަޤުޞަދުގައި ބޭއްވި މި ހަވީރުގައި އޭސީސީގެ މެމްބަރުންނާއި މުވައްޒަފުންގެ އިތުރުން، ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާގައި ތިބި ކުޑަކުދިންނާއި މުވައްޒަފުން ޙަރަކާތްތެރި ވިއެވެ. މި ހަވީރުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ތަފާތު ގިނަ ކުޅިވަރުތައް ކުރިއަށްގެންދެވިފައިވާއިރު، ކޮންމެ ކުއްޖަކަށް ޚާއްސަ ހަދިޔާއެއްވެސް ދީފައިވެއެވެ. އޭސީސީގެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި މި ފަހަރު 22 ސީލިންގ ފަންކާއާއި 20 ގޮދަޑި ހަދިޔާ ކުރިއެވެ.



އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މަޢުލޫމާތުދޭ ފޯމް

އެންޓި-ކޮރަޕްޝަން ކޮމިޝަން

ހުށަހަޅާ ފަރާތުގެ މައުލޫމާތު
މައްސަލަ ހުށަހަޅާ ފަރާތުން ހުށަހަޅާ ކަންތައްތަކުގެ ޚުލާޞާ
ހުށަހަޅާ ކަންތައްތަކާ ގުޅޭގޮތުން ލިބިފައިވާ ހެކިތައް ނުވަތަ ޤަރީނާތައް:

×

ޝުކުރިއްޔާ !

އެންޓި ކޮރަޕްޝަން ކޮމިޝަން

×